މުސިންބީ
Republic of Mozambique República de Moçambique | |
---|---|
ވެރިރަށް and largest city | Maputo |
ރަސްމީ ބަސްތައް | Portuguese |
Vernacular languages | Swahili, Makhuwa, Sena |
ޑިމޮނިމް | Mozambican |
ސަރުކާރު | Republic |
Armando Guebuza | |
Luísa Diogo | |
• from Portugal | June 25, 1975 |
ސަރަޙައްދު | |
• Total | 801,590 km2 (309,500 sq mi) (35th) |
• Water (%) | 2.2 |
އާބާދީ | |
• 2009 estimate | 22,894,000[1] (54th) |
• 2007 census | 21,397,000 (52nd) |
• Density | 28.7/km2 (74.3/sq mi) (178th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $18.740 billion[2] |
• ބޮލަކަށް ޖެހެނީ | $903[2] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $9.897 billion[2] |
• ބޮލަކަށް ޖެހެނީ | $477[2] |
ޖިނީ (1996–97) | 39.6 medium |
އެޗްޑީއައި (2007) | 0.402 Error: Invalid HDI value (172nd) |
ފައިސާ | Mozambican metical (Mtn) (MZN) |
ޓައިމް ޒޯން | ޔޫޓީސީ+2 (CAT) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (not observed) |
ޑްރައިވިންގ ސައިޑް | left |
ކޯލް ކޯޑް | 258 |
އައިއެސްއޯ 3166 ކޯޑް | MZ |
އިންޓަރނެޓް ޓީއެލްޑީ | .mz |
|
ރިޕަބްލިކް އޮފް މޮޒަންބީކް ނުވަތަ ދިވެހި ބަހުން ކިޔާ ގޮތުން ނަމަ މުސިންބީއަކީ ދެކުނު އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]މުސިންބީގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. މީގެ އިތުރުން ސަވާހިލީ ބަހާއި މަކުވާ ބަހާއި ސޭނާ ބަސް ވަރްނެކިއުލާ ލޭންގުއޭޖަސްތަކުގެ ގޮތުގައި ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މުސިންބީ މީހުންނަށް ކިޔަނީ މޮޒަންބީކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަޕޫޓޯއެވެ. މުސިންބީގެ ވެރިރަށަކީ ވެސް މަޕޫޓޯއެވެ. މުސިންބީއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 22 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 51 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.8 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mz. އެވެ. ކޯލިން ކޯޑަކީ +258 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮޒަންބީކަން މެޓިކަލްއެވެ.
ނަން
[އުނިއިތުރު ގެންނަވާ]މުސިންބީގެ ނަން ކަމުގައިވާ މޮޒަންބީކް ނުވަތަ މުސަންބީކް މި ނަން ނިސްބަތްވަނީ މި ސަރަޙައްދުގެ ކުރީގެ ވެރިއެއް ކަމުގައިވާ މޫސާ ބިން އެމްބިކީއަށެވެ. ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ “މުސިންބީ” މި ނަން އެންމެ ފުރަތަމަ ލިޔުމެއްގައި ބޭނުން ކުރައްވާފައިވާ ކަމަށް ފެންނަނީ މަޝްހޫރު ދިވެހި ޝާޢިރު ބަނޑޭރި ޙަސަން މަނިކުފާނެވެ. އެއީ އެ މަނިކުފާނުގެ ދިޔޯގެ ރައިވަރުގައެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]މުސިންބީގެ އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގު އުތުރުގައި އޮތީ މަލާވީ އާއި ޒެންބިއާއެވެ. ހުޅަނގުގައި އޮތީ ޒިންބާބުވޭއެވެ. ހުޅަނގު ދެކުނުގައި އޮތީ ސްވާޒިލޭންޑާއި ދެކުނު އެފްރިކާއެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]މީލާދީން ފުރަތަމަ ޤަރުނާއި ފަސްވަނަ ޤަރުނާ ދެމެދު ހުޅަނގު އެފްރިކާއިން ހިޖުރަކުރަމުން ދިޔަ ބަންޓުވީން ވަނީ މުސިންބީއާ ހަމަޔަށް ވެސް އައިސްފައެވެ. އެމީހުން ވަނީ އެ ހިސާބުގައި ދަނޑުވެރިކަން ކުރަން ފަށާފައެވެ. އިރުމަތީ އެފްރިކާއަށް ޕޯޗުގީޒުން އައިސްފައިވަނީ 1498 ގައެވެ. ވަސްކޮޑަގާމާގެ ޤިޔާދަތުގެ ދަށުގައި ޕޯޗުގީޒުން 1498 ގައި ކޭފުކޮޅު (ކޭޕް އޮފް ގުޑް ހޯޕް) ވަށާލާފައި އިންޑިޔާ ކަނޑަށް ވަނުން ވެގެން ދިޔައީ ޕޯޗުގީޒުންގެ ކޮލޮނީތައް އިންޑިޔާ ކަނޑުގެ އެެތަން މިތާގައި ޤާއިމުވެގެން ދިއުމުގެ ސަބަބަކަށެވެ. މީލާދީން 1505 ގައި ޕޯޗުގީޒުންގެ ކޮލޮނީއަކަށް މުސިންބީވިއެވެ. ފަހުން މުސިންބީ ވެގެން ދިޔައީ އަޅުންގެ ވިޔަފާރީގައި ވަރަށް ބޮޑަށް ޝާމިލުވެފައި އޮތް ސަރަޙައްދަކަށެވެ. އެފްރިކާގެ ޤަބީލާތަކުގެ ވެރިންނާއި ޢަރަބި ވިޔަފާރިވެރިންނާއި ޕޯޗުގީޒުން ދިޔައީ ޒުވާން ކުދިން ގެނެސް އަޅުންގެ ގޮތުގައި ވިއްކަމުންނެވެ. 20 ވަނަ ޤަރުނާ ހަމައިން މުސިންބީގެ އިދާރީ ގިނަ ކަންތައްތައް ޕޯޗުގީޒުން އޮތީ ޕްރައިވެޓް ކުންފުނިތަކަށް ދޫކޮށްލާފައެވެ. 20 ވަނަ ޤަރުނުގެ ތެރޭގައި އަޅުންގެ ވިޔަފާރި ނުކުރެވުނު ނަމަވެސް މުސިންބީގައި ގަދަކަމުން މަސައްކަތް ކުރުވުމާއި ވަރަށް ކުޑަ މުސާރައަކަށް މަސައްކަތް ކުރަން މަޖުބޫރުކުރުވާފައިވާ ކަން ފާހަގަ ކުރެވެއެވެ. މުސިންބީއަށް ޕޯޗުގީޒުންގެ ކިބައިން ފުރިހަމަ މިނިވަންކަމެއް ލިބުނީ 25 ޖޫން 1975 ގައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]މުސިންބީގެ އާބާދީއަށް ބަލާއިރު ކްރިސްޓިއަން ދީނަށް ތަބާވަނީ 41.3% އެވެ. މުސްލިމުންނަކީ 17.8% އެވެ. އެހެން ދީންތަކަށް ތަބާވަނީ 16.8% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ނިސްބަތަކީ 21.1% އެވެ. މުސިންބީގެ ރަސްމީ ބަސް ކަމުގައިވާ ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ޤައުމުގެ އާބާދީގެ 40% މީހުންނެވެ. މީގެ ތެރެއިން 33.5% މީހުން ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. މިއީ ބަންޓޫ މީހުންނެވެ. އަމިއްލަ މާދަރީ ބަހެއްގެ ގޮތުގައި ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ އެންމެ 6.5% މީހުންނެވެ. މި މީހުންނަކީ މުސިންބީގެ ދޮން މީހުންނެވެ. މުސިންބީގެ އަންހެނަކު އެވަރެޖުކޮށް 5 ކުދީން ވިހައެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]މިއަދު މުޅި ދުނިޔޭގައި ވެސް އެފްރިކާގެ ޤަދީމީ ސަގާފަތުގެ އަސަރު އެންމެ ބޮޑަށް ފެންނަ އެއް ޤައުމަކީ މުސިންބީ ކަމުގައި ބުނެވެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]މުސިންބީގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރުވަނީ ބޭންކް އޮފް މޮޒަންބީކުން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 903 ޑޮލަރެވެ.