ޗެކް ޖުމްހޫރިއްޔާ
Czech Republic Česká republika ފަންވަތް:Cs icon | |
---|---|
ވެރިރަށް and largest city | Prague (Praha) |
ރަސްމީ ބަސްތައް | Czech |
ދީންތައް | non-believer or no-organized believer (59%), Catholic (26,8%) |
ޑިމޮނިމް | Czech |
ސަރުކާރު | Parliamentary republic |
Václav Klaus | |
Jan Fischer | |
c. 870 | |
28 October 1918 | |
1 January 1993 | |
ސަރަޙައްދު | |
• Total | 78,866 km2 (30,450 sq mi) (116th) |
• Water (%) | 2 |
އާބާދީ | |
• 20091 estimate | 10,501,197 (78th) |
• 2001 census | 10,230,060 |
• Density | 132/km2 (341.9/sq mi) (77th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $261.777 billion[1] (39th²) |
• ބޮލަކަށް ޖެހެނީ | $25,118[1] (33rd) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $216.354 billion[1] (36th) |
• ބޮލަކަށް ޖެހެނީ | $20,759[1] (36th) |
ޖިނީ (1996) | 25.4 low (5th) |
އެޗްޑީއައި (2007) | 0.903 Error: Invalid HDI value (36th) |
ފައިސާ | Czech koruna (CZK) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +4204 |
އައިއެސްއޯ 3166 ކޯޑް | CZ |
އިންޓަރނެޓް ޓީއެލްޑީ | .cz³ |
|
ޗެކް ރިޕަބްލިކް ނުވަތަ ޗެކް ޖުމްހޫރިއްޔާއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ޗެކް ޖުމްހޫރިއްޔާގެ ރަސްމީ ބަހަކީ ޗެކް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޗެކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕްރާހާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 78 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 78866 އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ cz. އެވެ. ކޯލިން ކޯޑަކީ +420 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން
[އުނިއިތުރު ގެންނަވާ]މި ޤައުމަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވެސް އިނގިރޭސީން ކިޔަމުން އައި ނަމަކީ ބޮހެމިއާއެވެ. މި ޤައުމަށް 1918 ވަނަ އަހަރުގައި މިނިވަންކަން ލިބުމުން ޤައުމުގެ ނަމަކީ ޗެކޮސްލޮވާކިޔާ ކަމުގައި ހަމަޖެއްސިއެވެ. އެއީ ބޮހޭމިއާ (ޗެކް) އާއި ސްލޮވާކުން ގުޅިގެން އުފެދިފައިވާ ޤައުމެއްކަން ދެއްކުމުގެ ގޮތުންނެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ޗެކް ޖުމްހޫރިއްޔާގެ އިރުއުތުރުގައި އޮތީ ޕޮލޭންޑެވެ. ހުޅަނގު އަދި ހުޅަނގު އުތުރުގައި އޮތީ ޖަރުމަނެވެ. ދެކުނުގައި އޮތީ އޮސްޓްރިޔާއެވެ. އިރުމަތީގައި އޮތީ ސްލޮވާކިޔާއެވެ. ޗެކް ޖުމްހޫރިއްޔާގެ ބިމަކީ ވަރަށް ތަފާތު މޫސުމީ ބިމެކެވެ. ހުޅަނގުގައި އޮންނަ ބޮހޭމިއާ ސަރަޙައްދުގައި ދެ ކޯރެއްގެ ސަބަބުން އުފެދިފައިވާ ބޭސިންއެއް އޮތްކަން ފާހަގަ ކުރެވެއެވެ. ބިން ބަންދު ޤައުމެއްގެ ގޮތުގައި ޗެކް ޖުމްހޫރިއްޔާގެ ކޯރުތަކުން ތިން ކަނޑަކަށް ފެން ބޭރުވެއެވެ. އެއީ އުތުރު ކަނޑާއި، ބަލްތީ ކަނޑާއި، ކަޅު ކަނޑެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]އާސާރީ ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޗެކް ރިޕަބްލިކް އޮތް ތަނުގައި ވަރަށް ކުރީއްސުރެ އިންސާނުންވަނީ ދިރިއުޅެން ފަށާފައެވެ. މީީލާދީން 1 ވަނަ ޤަރުނުގައި އަލްމާނީ ޤަބީލާތަކުން މި ސަރަޙައްދުގައި ވަޒަންވެރިވިއެވެ. ހިޖުރައިގެ މުއްދަތުގައިި، މީލާދީން 5 ވަނަ ޤަރުނުގެ ތެރޭގައި އަލްމާނީ ޤަބީލާތަކުން ވަނީ ހުޅަނގު އަދި ދެކުނަށް ދަތުރުކޮށްފައެވެ. ހަމަ މި ގޮތުން ސްލެވިކް ދަރިކޮޅުތަކުގެ މީހުން ކަޅު ކަނޑު ހުރަސްކޮށް އައިސް މި ހިސާބުގައި ވަޒަންވެރިވިއެވެ. ބޮހެމިއަން ސްޓޭޓް ނުވަތަ ޗެކް ދައުލަތް، ދައުލަތެެއްގެ ގޮތުގައި ފާޅުވީ މީލާދީން 9 ވަނަ ޤަރުނުގެ ފަހު ކޮޅުގައެވެ. އެއީ ޕްރެމީސްލިޑް ދަރިކޮޅުގެ މީހުންގެ ވެރިކަމުގައި އެމީހުން މި ސަރަޙައްދުގައި އެއްބައިވަންތަ ވެރިކަމެެއް ކުރަން ފެށުމާ ގުޅިގެންނެވެ. މީލާދީން 13 ވަނަ ޤަރުނަކީ އަލްމާނީންގެ ހިޖުރަކުރުންތައް އަނެއްކާ ވެސް އިތުރުވެގެން ދިޔަ ދައުރެކެވެ. މި މީހުން އަވަށްތަކާއި ޓައުންތައް ޤާއިމުކުރިއެވެ. އަދި ޗެކް ބިންތަކުގައި ޖަރުމަނުގެ ކޮލޮނީތައް ވެސް ހެދިއެވެ. މީލާދީން 1347 ވަނަ އަހަރުން ފެށިގެން 1352 ވަނަ އަހަރާ ހަމަޔަށް ޔޫރަޕުގައި ފެތުރުނު ކަޅުމަރު ނުވަތަ ޠާޢޫންގެ ސަބަބުން ކިންގްޑަމް އޮފް ބޮހޭމިޔާއިން އެކަނި ވެސް އެތަނުގެ އާބާދީގެ 10% މީހުން މަރުވިއެވެ. މީލާދީން 1526 ވަނަ އަހަރުން ފެށިގެން ބޮހޭމިޔާ ވަރަށް ބޮޑަށް ހެބްސްބާގުންގެ ބާރުގެ ދަށަށް ދިޔައެވެ. ހެބްސްބާގުންނަކީ ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވިފައިވާ، އަދި ވިރާސީ ވެރިންނެވެ. ހެބްސްބާގުން ވަނީ ކެތަލިކް މަޒުހަބު ނޫން އެހެން ދީނަކަށް ނޫޅެވޭނެ ކަމަށް ކަނޑައަޅާފައެވެ. ތުރުކީގެ އުސްމާނީންނާއި ތަތާރުން 1663 ގައި މޮރާވިއާއަށް ޙަމަލާ ދިނެވެ. އެމީހުން 12000 މީހުން އަޅުވެތިކޮށްފައިވެއެެެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ޗެކް ރިޕަބްލިކްގެ އާބާދީގެ 94.24% އަކީ ޗެކުންނެވެ. ސްލޮވެކުންގެ 1.89% އާއި ޕޮލިޝް މީހުންގެ 0.51% މީހުންނާއި ޖަރުމަނުންގެ 0.38% މީހުންާއި މީގެ އިތުރުން ވެސް އެހެން ނަސްލުތަކުގެ މީހުންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ޗެކް ރިޕަބްލިކއ އަކީ ވަރަށް ޒަމާންޗީ ދިގު ޙަޟާރަތެއް ލިބިގެންވާ ޤައުމެކެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ޗެކް ރިޕަބްލިކްއަކީ ވަރަށް ފުރިހަމަ ކާރުތައް އުފައްދާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 22232 ޑޮލަރެވެ.
- ↑ 1.0 1.1 1.2 1.3 "Czech Republic". International Monetary Fund. Retrieved 2009-10-01.