Dhiraagu
Dhiraagu

ކާންޔޭ އާއި އޭނާގެ އަންހެނުން ވަރިވަނީ

ހޮލީވުޑްގެ އެންމެ މަގުބޫލު އަދި މި ވަގުތު އެންމެ ކޮންޓްރޮވާޝަލް އެއް ތަރި ކަމަށްވާ ކާންޔޭ ވެސްޓާއި އޭނާގެ އަންހެނުން ބިއާންކާ ސެންސޯރީ ވަކިވެފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.

ADK GENERAl

މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން އާ ވަރިވުމަށް ފަހު ކާންޔޭ ބިއާންކާއާ އެކުގައި ފެނުމުން ގިނަ ބައެއްގެ ފާޑު ކިޔުން ރައްދުވިއެވެ. އެގޮތުން ބިއާންކާ، ކާންޔޭގެ ކުރީގެ އަންހެނުންނާ ވައްތަރުވުމުން ގިނަ ބަޔަކަށް އެކަން ވެގެން ދިޔައީ ވަރަށް އައިބު ކަމަކަށެވެ. ނަމަވެސް، އާންމުންގެ ފާޑު ކިޔުމާއެކު ވެސް ކާންޔޭ ވަނީ 2022 ވަނަ އަހަރުގައި ބިއާންކާ އާ ކައިވެނިކޮށްފައެވެ. މިހާރު ކާންޔޭ ބޭރަށް ނުކުންނަ ނަމަ ހަމައެކަނި ފެންނާނީ ބިއާންކާއާ އެކުގައެވެ.

މިއަހަރުގެ ކުރީކޮޅުގައި ކާންޔޭ އާއި ބިއާންކާ ވަނީ ރާއްޖެ އައިސް ޗުއްޓީވެސް ހޭދަ ކޮށްފައެވެ.

ނަމަވެސް ދެމީހުންގެ ގުޅުން ރޫޅިފައިވާ ކަމަށް ކާންޔޭ ވަނީ ހާމަކޮށްފައެވެ. ކާންޔޭ ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދާދިފަހުން ބިއާންކާ ވަނީ އޭނާ ދޫކޮށް ގޮސްފައި ކަމަށެވެ.

ކާންޔޭ ދޫކޮށް ބިއާންކާ ގޮސްފައިވާ އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ އެކި ވާހަކަތަކާ ގުޅިގެން އެއިން އެންޒައިޓީ ގޯސްވާތީ ކެތް ނުކުރެވިގެން ކަމަށް ކާންޔޭ އަމިއްލައަށް ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ދެމީހުން ވަރި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި މިހާރު ބިއާންކާ ތައްޔާރުވަނީ ވަރިވުމަށް ހުށަހެޅުމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ފަހަކަށް އައިސް ކާންޔޭ ސޯޝަލް މީޑިއާގައި ވަރަށް ތަފާތު އެކި ވާހަކަތައް އާންމުކުރަމުން ގޮސްފައިވެއެވެ. އޭގެތެރޭގައި އޭނާއަކީ ނާޒީއެއް ކަމަށްވެސް އަމިއްލައަށް އެކި ފަހަރުގެ މަތީން އެއްބަސްވެފައިވެއެވެ. އަދި ހިޓްލަރަށް ސަޕޯޓު ކުރާ މޭރުމުންވެސް އެކި ވާހަކަތަކެއް އޭނާ ދައްކާފައިވެއެވެ. މި ވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންވެސް ވަނީ އޭނާއަށް ރައްދުވެފައެވެ.

Redstar
comment ކޮމެންޓް